އަންނަ އަހަރު ޗައިނާގައި ބާއްވަން ނިންމާފައި އޮތް އޭޝިއަން ކަޕް އެ ގައުމުގައި ނުބާއްވަން ނިންމައިފި އެވެ.
އެގޮތަށް ނިންމީ ޗައިނާގެ ކޮވިޑްގެ ހާލަތު އަދިވެސް އޮތް ގޮތުން އަންނަ އަހަރުގެ މުބާރާތަށް ތައްޔާރުވާން ވެސް ހުރި ދަތިތަކާ ހެދި އެވެ. އަންނަ އަހަރުގެ އޭޝިއަން ކަޕް އެ ގައުމުގައި ނުބާއްވަން ނިންމި އިރު، މި އަހަރު ސެޕްޓެމްބަރު މަހުގެ 10-25 އަށް ޗައިނާގެ ހަންގްޒޯގައި ބާއްވަން އޮތް 19 ވަނަ އޭޝިއަން ގޭމްސް ވެސް ފަހުގެ ތާރީހަކަށް އެ ގައުމުން ވަނީ ފަސްކޮށްފި އެވެ.
އަންނަ އަހަރުގެ އޭޝިއަން ކަޕް ޗައިނާގައި ނުބާއްވަން ނިންމުމާ ގުޅިގެން ދި އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) އިން ބުނީ ޗައިނާގެ އެ އުނދަގޫ ނިންމުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އެ ގައުމުގައި އެ މުބާރާތް ބާއްވަން ތާވަލުކޮށްފައި އޮތީ ޖޫން ޖޫން 16 އިން ޖުލައި 16 އަށެވެ.
🚨 Important update on #AsianCup2023 hosts! https://t.co/Hv06gbaaDy
— #AsianCup2023 (@afcasiancup) May 14, 2022
ޗައިނާގައި އަންނަ އަހަރުގެ ނުބާއްވާން ނިންމިކަން އިއުލާންކުރި ނަމަވެސް ދެން މުބާރާޔް ބާއްވާނެ ގައުމަކާ މެދު އޭއެފްސީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އޭޝިއަން ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.