Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އެމްޑީޕީ އިންތިހާބުގައި ކުންފުނިތައް ބަނގުރޫޓުކޮށްފި: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް އުމަރު--

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވާވަރު ކޮށްފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ އިންތިހާބުގައި ސަރުކާރު ބައެއް ކުންފުނިތައް ބަނގުރޫޓޫވާވަރު ކޮށްފައިވާ ކަމަށާއި، މިކަން ތަކުރާރުވާނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށެވެ.

މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ މިފަދަ ކަންކަން ތަކުރާރުވާނަމަ އިންތިހާބުތަކުގެ އިތުބާރު ގެއްލި ރައްޔިތުން ވޯޓުލާން ނިކުތުން މަދުވާނެ ކަމަށެވެ. އަދި އާދަމް ޝަރީފް ވަނި ކުންފުނިތަކުގެ އޮޑިޓެއް އަވަހަށް ހެދުމަށް ގޮވާވެސްލާފައެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ސަރުކާރު އަދި އެހެންވެސް އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަޅުވައެވެ.