Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ޔާމީންގެ ޓްވީޓެއް؛ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ

ރާއްޖޭގެ ޑިމޮކްރަސީ އަށް މިހާރު އޮތް ބޮޑު ނުރައްކަލަކީ ވައްކަމާއި ކޮޕަރްޝަންގެ އަމަލުތައް ހިންގާ ސިޔާސީ މީހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލަގަނޑުގެ ތެރެއިން "އެންމެ ބޮޑު ފައިދާއެއްވި" ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޔާމީން ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހިންގާ މީހުންނާއި ގައުމަށް ގައްދާރުވާ މީހުން އެއްފަދަ އެވެ.

މި މަހުގެ 4 އިން ފެށިގެން ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވި ފަހުން "މާ ގަދަފަދަކޮށް" ޔާމީން ޓްވީޓްކުރައްވަމުން ގެންދަވާ އިރު، އެ ޓްވީޓްތަކުގައި ބުނާ އެއްޗެއް މީހުންނަށް ދޭހަނުވާ މައްސަލާގައި ގިނަ ބަޔަކު ޔާމީނަށް ޖޯކް ވެސް ޖަހާ އިރު މިއަދު ކުރެއްވި ޓްވީޓާ ގުޅިގެން ވެސް އެކަން ބައެއް މީހުން ކުރި ކޮމެންޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.

މިހާރު 7،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ޔާމީންގެ ޓްވިޓާ އެކައުންޓް މިހާރު ވަނީ ވެރައިފައި ވެސް ކޮށްފަ އެވެ.