އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން ނިންމައިފި އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނިން ބުނީ ޖަލްސާ އޮންނާނީ 30 ވަނަ ދުވަހުގެ ރޭ 9:00 ގައި މެރީނާ ކްރޮސްރޯޑްސްގެ އިވެންޓް ހޯލުގައި ކަމަށެވެ. އަހަރީ އާންމު ޖަލްސާގައި މައިކްރޮސޮފްޓް ޓީމް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހިއްސާދާރުންނަށް ބައިވެރިވެވޭނެ އެވެ.
ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރޭޝަން ހުޅުވާލާފައި ވަނީ މި މަހުގެ 29 ގެ ރޭގަނޑު 9:00 އާ ހަމައަށެވެ.
Our Annual General Meeting 2021 is scheduled for 30 May 2022 (Mon) 21:00hrs at Marina Crossroads Event Hall & online via Microsoft Teams live events. We invite all our shareholders to the AGM. Please register via https://t.co/ya1dNKJXPl by 29 May 2022 (Sun),21:00hrs #STOAGM2021
— STO (@stoplc) May 15, 2022
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހު އިއުލާންކުރި އިރު މިދިޔަ އަހަރު ކުންފުނީގެ ސާފު ފައިދާ އިން ހިއްސާއަކަށް 65ރ. ބަހަން ވެސް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައުިފަ އެވެ. އެކަމަކު އެކަން ކުރިއަށް ގެންދާނީ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅައި ފާސްކޮށްގެންނެވެ.
އެސްޓީއޯ އިން ރޭ ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ފައިނޭންޝަލް ރިޕޯޓް ވެސް އާންމުކޮށްފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.