Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އެމްޓީސީސީން ގިނަ އަދަދެއްގެ ދިވެހި ލޭބަރުން ހޯދަނީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުނި، އެމްޓީސީސީން ގިނަ އަދަދެއްގެ ދިވެހި ލޭބަރުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެތަނުން ކަނޑައަޅާ ސައިޓުތަކުގައި މަސައްކަތްކުރާނެ ދިވެހު ލޭބަރުން ހޯދަނީ އެއް އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. އެކަމަކު އެ މުއްދަތު ހަމަވިޔަސް މަސައްކަތް ރަނގަޅު ނަމަ ކޮންޓްރެކްޓް އާކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ފަހަރު ހޯދަން އިއުލާންކުރީ 120 ދިވެހި ލޭބަރުންނެވެ. ހަފުތާ އަކު ހަ ދުވަހު، 8-12 ގަޑިއިރާ ދެމެދު ކުރަން ޖެހޭ މަސައްކަތްތަކުގެ މުސާރައިގެ ގޮތުގައި 10،300-13،700ރ. އާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ. މީގެ އިތުރުން ސައިޓުގައި ހުރުމާއި ކެއުމުގެ އިތުރުން މެޑިކަލް އިންޝޫރެންސް އަދި ޕެންޝަން ސްކީމް ވެސް ހިމެނެ އެވެ.

އަސާސީ ފެންވަރު ހުރި މީހުންނަށް ހުޅުވާލި މި ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ޝައުގުވެރިވާ މާދަމާ ހަވީރު 4:00 އިން 8:00 އަށް އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލް #ޖޮނިންޓީމްއެމްޓީސީސީ ނަމުގައި ކުރިޔަށް ގެންދާ އޯޕެން-ޑޭ ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.