Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ފޭދޫ ސޮކާ ކަޕްގައި ބައިވެރިވާން ހުޅުވާލައިފި

ފޭދޫ ސޮކާ ކަޕްގެ ތެރެއިން - ފޮޓޯ: ފާހި ސްޕޯޓްސް

އައްޑޫ ފޭދޫގެ ފާހި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ފޭދޫ ސޮކާ ކަޕް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ 26 އިން އޮގަސްޓު 13 ގެ ނިޔަލަށް ފޭދޫ ޓާފް ދަނޑުގަ އެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ "ސްޕޯޓްސް ކޮމިޝަން" ގައި ރަޖިސްޓްރީވެފައިވާ ކްލަބް/ޖަމިއްޔާތަކުން ފޭދޫ ސޮކާ ކަޕްގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 26 ގެ ކުރިން ފާހި ސްޕޯޓްސް ކްލަބުގެ އިދާރާ އަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު 9119811 ނުވަތަ 7617585 އަށް ގުޅުމުން ލިބޭނެ އެވެ.