Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ފައްޔާޒަށް އުފަން ދުވަހުގެ ލަވަ ނަޝީދުގެ ފަރާތުން

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އިންތިހާބުގައި ފައްޔާޒް އިސްމާއީލް ޗެއާޕާސަންގެ މަގާމު ކާމިޔާބުކުރެއްވުމާ އެކު، އޭނާ އަށް ކުރިން ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރާގު މިހާރު މުޅިން ބަދަލުވެ، މިއަދު އަނެއްކާ ވެސް ތަފާތު މަންޒަރެއް ދައްކާލައިފި އެވެ.

މިއަދަކީ އިކޮނިމިކް މިނިސްޓަރު ފައްޔާޒުގެ އުފަން ދުވަހެވެ. އެހެންވެ މިއަދު އޭނާ އާއި ނަޝީދު އެމްޑީޕީގެ އޮފީހަށް ވަޑައިގެންނެވި އިރު އޮތީ އޮފީހުގެ ފަރާތުން އޮތީ ކުޑަވަރެއްގެ ހަފުލާއެއް ވެސް ރާވައިފަ އެވެ. އެހެންވެ އޮފީހުގައި އުފަން ދުވަހުގެ ކޭކު ވެސް ފައްޔާޒު ފެޅުއްވި އެވެ. ހާއްސަ ކަމަކީ ފައްޔާޒު ކޭކު ފެޅުއްވި އިރު، ނަޝީދު "ހެޕީ ބާތު ޑޭ" ލަވަ ވެސް ވިދާޅުވެ، އުފަން ދުވަހުގެ މަރުހަބާ ވެސް ވަރަށް ޖޯޝްގައި ވިދާޅުވިކަމެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފައިވެ އެވެ. އަދި އެމްޑީޕީގެ ޓްވިޓާގައި އޮފީހުގައި މިއަދު އޮތް ބައްދަލުވުމުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައިވެ އެވެ.

އިންތިހާބުގެ ކުރިން ފައްޔާޒް މަސައްކަތްކުރައްވަނީ ނަޝީދު އެމްޑީޕީން ބޭރުކޮށްލުން ފަދަ އެތައް ތުހުމަތެއް ވެސް ކުރައްވައި، އަދި ސީދާ ނަޝީދު ފައްޔާޒަށް ބަހުގެ އެތައް ހަމަލާތަކެއް ދެއްވުމަށް ފަހު، އިއްޔެ ހަވީރު ފައްޔާޒަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ޗެއާޕާސަނާ އެކު ޕާޓީ އަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ހޯދޭނެ ކަމަށެވެ.

ނަޝީދުގެ އެގޮތަށް ޓްވީޓްކުރެއްވި ފައްޔާޒާ އެކީ އިންތިހާބުގައި ވާދަކުރެއްވި އިމްތިޔާޒް ފަހުމީ އިންތި) ބަލި ގަބޫލުކުރައްވައި އިއްޔެ ހަވީރު ފައްޔާޒަށް މަރުހަބާ ވިދާޅުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.