Last Updated: July 18, 16:38
Saturday, July 18, 2026
ޚަބަރު

ފުވައްމުލަކުގައި ޓީޓީ ސެންޓަރެއް ހަދަން މަޝްވަރާކޮށްފި

ފުވައްމުލަކުގައި ޓޭބަލް ޓެނިސް (ޓީޓީ) އަށް ހާއްސަ ސެންޓަރެއް ހަދަން މަޝްވަރާކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން މަޝްވަރާކުރީ އިއްޔެ ޔޫތު މިނިސްޓްރީގަ އެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޓީޓީ އެސޯސިއޭޝަންގެ ވެރިން ބައިވެރިވަޑައިގެންނެވި އެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގެންނެވީ މޭޔަރު އިސްމާއީލް ރަފީގެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ އެއް ސިޓީ ކަމަށްވާ ފުވައްމުލަކުގައި ޓީޓީ ސެންޓަރެއް ހަދަން މަޝްވަރާކުރި ވާހަކަ ޔޫތު މިނިސްޓްރީން ޓްވީޓްކުރި ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ފުވައްމުލަކަކީ ރާއްޖޭގައި ކްރިކެޓަށް ވަރަށް ފޯރި އޮންނަ ތަނެކެވެ. އަދި އެ ސިޓީގައި ކްރިކެޓް ޕިޗެއް ވެސް އޮވެ އެވެ. ފުވައްމުލަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އުފަން ރަށެވެ.