އދ. ދިގުރަށުގައި ޒަމާނީ ރީތި މިސްކިތެއްގެ ބިންގާ އަޅައިފި އެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.
ދިގުރަށުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިhttps://t.co/DhLI4zQHKS pic.twitter.com/9ODrVgSWwT
— Ministry of Islamic Affairs (@MVIaffairs) May 17, 2022
އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ކައުންސިލްގެ މެމބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އދ. ދިގުރަށު މިސްކިތް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން pic.twitter.com/xA3NoowUsw
— Ministry of Islamic Affairs (@MVIaffairs) May 16, 2022
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ ހަރަދުގައި ދިގުރަށުގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތަކީ 7.3 މިލިއަން ރުފިޔާ ހޭދަކޮށްގެން ބިނާކުރާ މިސްކިތެކެވެ. އެ މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ 6 ގަ އެވެ. އެއީ މަސައްކަތް ފަށާތާ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.