އަބަދުވެސް މަސައްކަތް ކުރާނީ ހުޅުދޫ ދާއިރާގެ ތަރައްޤީ އަށް ކަމަށާއި އެކަން ވަރަށް ރަނގަޅަށް ގަބޫލް ކުރާކަމަށް އެ ދާއިރާ އަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޝާހިދް (ޝާޑް) ވިދާޅުވެއްޖެ އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ޝާޑް ވިދާޅުވީ 2006 ވަނަ އަހަރުން ފެށިގެން ހުޅުދޫ ދާއިރާގެ ތަރައްޤީގައި ޝާމިލްވެ ވަޑައިގެން ގިނަ މަސައްކަތް ކުރައްވާފައިވާކަމަށެވެ.
އަމިއްލަ ވިޔަފާރު ކުރައްވާ، އަދި ރަށުގައި މަސްދޯންޏެއް ދުއްވަމުން އަންނަ ޒުވާން ޝާޑް ވިދާޅުވީ ހުޅުދޫ ދާއިރާގެ ގޮޑި ކާމިޔާބް ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަޤީންކަން އެބަ އޮތް. ގޮނޑި ކާމިޔާބް ކުރެވޭނެކަން، އެއީ ރީރަޖިސްޓްރީ ކުރުމުގައި އަޅުގަނޑުމެންނަށް ލިބުނު ތަރްހީބާއި، ފާއިތުވި ތަނުގައި ރަށުގެ ޒުވާނުންނާއި ރަށުގެ ތަރައްޤީގައި ކުރެވިފަިއވާ މަސައްކަތުން އެއިތުބާރު އެބަ ލިބޭ،" ޝާޑް ވިދާޅުވި އެވެ.
ޝާޑް ވިދާޅުވީ އޭނާއާއި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދެއްކޭނެ ޖާގަ އެބަ އޮތް ކަަމަށެވެ. އެގޮތުން މިހާރު ހުޅުދޫ އޮތް ހާލަތު ބަލާލުމުން އެރަށުގެ ތަރައްޤީ މަޑު ޖެހިފައިވާ މިންވަރު އެބަ ފެނޭ ކަމަށެވެ.
ޝާޑް ވިދާޅުވީ 17 ވަނަ ސާކް ސަމިޓާ ގުޅިގެން ހުޅުމިދު އަށް އަންނަން ޖެހޭ ތަރައްޤީ އާއި ގާތަށް ވެސް ކަމެއްް ކޮށްދެވިފައި ނުވާ ކަމަށެވެ. ނަމަވެސް ސަމިޓް ފައިސާއިން އެއް ބަޔަކަށް ހީނުކުރާ ވަރިގެ ބޯޑު ފައިދާއެއް ހޯދާފައިވާ ކަމަށެވެ.
ހުޅުދޫގެ ފެނާއި ނަރުދަމާ، ސާފު ބޯ ފެން ދިނުމުގައި ހިންގާފައިވާ ބޮޑެތި ކަރަޕްޝަނުގެ ވާހަކަ އެންމެން ދައްކަމުން އަންނަ އިރު އެކަމަށް ރައްޔިތުން ތިބީ ފިސާރި ހޭލާ ކަމަށް ޝާޑް ވިދާޅުވި އެވެ.
އަދި މަޖްލިސް ގޮނޑިއަށް ހޮއްވަވާ ދެއްވައިފި ނަމަ މިހާރުގެ ސަރުކާރުން ވައިދުވެފައިވާ، އުމުރުން ދުވަސްމީ މީހުންގެ 5،000 ރުފިޔާގެ އެލަވެންސް އާއި ބެޔެސް ނުބެޔަސް މަސްވެރިންނަށް ދޭ ފައިސާ "ޔަޤީން" ކޮށްދެއްވާނެކަމަށެވެ.