Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މިފްކޯ އަށް 1.2 ބިލިއަން ރުފިޔާގެ ފައިދާއެއް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގާ މިފްކޯ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އަކީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު، 17 ޕަސަންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އާމްދަނީ އިތުރުވީ މަސް ގަތް މިންވަރާއި މަސް އެކްސްޕޯޓުކުރި އަދަދު ވެސް އިތުުރުވުމާ ގުޅިގެންނެވެ.

އެ ކުންފުނިން މިދިޔަ އަހަރު ރެކޯޑް އަދަދަކަށް މަސް ކިރުވި އެވެ. އެގޮތުން 58،250 ޓަނުގެ މަސް ގަތް އިރު، ރޯ މަހުގެ ގޮތުގައި 47،000 ޓަނުގެ މަސް އެކްސްޕޯޓްކުރި އެވެ.

މިފްކޯ އަށް މިދިޔަ އަހަރު 1.2 ބިލިއަންގެ ފައިދާއެއް ލިބުނު އިރު، ދާދި ފަހުން ރާއްޖޭހެ މަސްވެރިކަން ރަނގަޅުވެ، ކޮންޓްރޯލްކޮށްގެން މަސް ގަތުމަށް ފަހު، އެ ކުންފުނިން މިހާރު ވަނީ ކޮންޓްރޯލެއް ނެތް ގޮތަށް މަސް ގަންނަން ފަށައިފަ އެވެ. އެހެންވެ ލަފާކޮށްފައިވާ ގޮތުގައި މި އަހަރަކީ ވެސް މިފްކޯ އަށް ބޮޑު އާމްދަނީއެއް ލިބޭނެ އަހަރެކެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވެސް ގިނަ އަދަދަކަށް މަސް ގަނެފައިވެ އެވެ.