ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު އައްޑު އަށް ވަޑައިގެންފިއެވެ
ނަޝީދު އައްޑު އަށް ވަޑައިގެންފައި ވަނީ މި މަހުގެ 22 ގައި ބާއްވާ މަޖިލިސް އިންތިހާބްގައި އައްޑޫން ވާދަ ކުރައްވާ އެމްޑީޕީން ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމުގެ ގޮތުންނެވެ.
ނަމަވެސް ނަޝީދު ހިމެނި ވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ބޭއްވުމަށް އަދި ނިންމާފައި ނުވާ ކަަމަށް އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދްހަމް ވިދާޅުވި އެވެ.
ނަޝީދު އައްޑު އަށް މި ވަޑައިގަތީ ރޭ ފުވައްމުލަކުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ. އަދި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގަ އެވެ.