Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ޝިޕިން ކުންފުނީގެ އާ ބޯޓަށް މުވައްޒަފުން ހޯދަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަނެފައިވާ އާ ކޮންޓެއިނާ ބޯޓަށް ބޭނުންވާ މުވައްޒަފުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

އަންނަ މަހު ރާއްޖެ އަށް ގެންނަ ބިޔަ ބޯޓް، އެމްއެސްއެސް ގްރެފީން އަށް ހޯދަން އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ޗީފް އިންޖިިއަރަކާއި ސެކަންޑް އިންޖިނިއަރަކާއި ޓެކްނީޝަނަކާއި ތާޑް އިންޖިނިއަރެއްގެ އިތުރުން މާސްޓަރެއް ވެސް ހިމެނެ އެވެ. މި މަގާމުތަކުގެ މުސާރައާ އެކު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ޓްވީޓް ވެސް ކުރައްވާފައިވެ އެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ ސަބްސިޑަރީއެކެވެ. އެ ކުންފުނީގެ އާ ކޮންޓައިނާ ބޯޓަށް އިއުލާންކުރި މަގާމުތަކަށް ކުރިމަތިލާން ދިން މުއްދަތު މާދަމާ އަށް ހަމަވާނެ އެވެ.

For our nw containr vssl MSS Graphn arriving nxt month. pic.twittr.com/4DAi8vt5Up

— Amr 🎈 (@HusnAmr) May 17, 2022

އެމްއެސްއެސް އަށް އާ ބޯޓެއް ގެންނަ އިރު، ދާދި ފަހުން ވެސް ވަނީ ކޮންޓެއިނާ ބޯޓަކާއި ބަލްކް ކެރިއަރެއް ގަނެފައިވެ އެވެ. އެ ދެ ބޯޓުން ދިވެހީންނަށް ވަޒީފާ ދީފައިވެ އެވެ.

ގައުމީ ޝިޕިން ކުންފުނި އަލުން ވުޖޫދަށް ގެނައީ 2020 ގެ ކުރީކޮޅު އެވެ. އެމްއެސްއެސް އަކީ ރާއްޖެ އަށް އަގުހެޔޮކޮށް މުދާ ގެނައުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެކެވެ.