Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ނަޝީދަށް މިހާރު އޮތީ ރައީސްގެ ކުނި ބަތްސުވާކޮޅު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުނިކޮށްފައި އެއްލައްވާލައްވާ ބަތްސުވާކޮޅުގައި ހިފުން ކަމަށް ވިދާޅުވެ ނަޝީދަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ނަޝީދުގެ ތާއީދާ އެކު ވާދަކުރެއްވި އިމްތިޔާޒް ފަހުމީ އިންތި) އަށް ކާމިޔާބުނުވުމަކީ ނަޝީދަށް މިހާރު އިތުބާރެއް ވެސް ނެތްކަމުގެ ނަތީޖާ ކަމަށެވެ.

"މި ފަހަރު ކާމިޔާބުވި ނަމަ ނަޝީދު ފެންނާނީ ޖަލުން." ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަގީގަތުގައި އިންތި އަށް އިންތިހާބު ނުގެއްލޭ ކަމަށާއި އެއީ ނަޝީދާއި ރައީސް ސޯލިހު ބޭރުގެ ބާރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި ސިޔާސަތުގައި އެ މީހުންގެ އިތުބާރު ވެސް ނަޝީދަށް ނެތުމުގެ ނަތީޖާ ކަމަށެވެ.

ޗެއާޕާސަންގެ އިންތިހާބުގައި އިންތިއާ ވާދަކޮށް ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލީހުގެ ތާއީދާ އެކު ބޮޑު ތަފާތަކުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.