އެމްޓީސީސގެ މިދޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި އެވެ.
އެގޮތަށް ނިންމީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ފަހަރު ހިއްސާއަކަށް 3.50ރ. ބަހަން ނިންމުމަކީ ކުންފުނީގެ 41 އަހަރުވީ ތާރީހުގައި ވެސް ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.
ރޭ 5ރ. ގެ މޫނަމަތީ ހިއްސާއަކަށް 3.50ރ. ފާސްކުރީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 64 ޕަސެންޓް ވޯޓުންނެވެ. އެގޮތުން އެ އަދަދު ބަހަން ވޯޓް ދިނީ 396 ހިއްސާދާރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 257 ހިއްސާދާރުންނެވެ.
އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި.
ޕްރެސް ރިލީސް: https://t.co/cy1GwyMCA3 pic.twitter.com/QCdQzsv2FF— MTCC Plc (@MTCCPlc) May 19, 2022
އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މާލީ ހިސާބުތައް ދައްކާ ގޮތުން 1.97 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށް ޓެކުހަށް ކަނޑައި ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 21 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްޓީސީސީ އަމާޒަކީ މި އަހަރު 300 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުން ކަމަށެވެ.