ސިފައިންގެ މީހަކު އަންހެނަކު ފަހައި ދުވި ވީޑިއޯ އަކީ ލަދުވެތި ކަމެއް ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވަން މިހާރު ސިފައިން ވެސް ހަރަކާތްތެރިވާ އިރު، މާލޭގައި ބޭއްވި އެއްވުމެއް ހުއްޓުވަން އުޅުުގެ ތެރޭގައި ސިފައިންގެ މީހަކު، އަންހެނަކު ފަހައި ދުވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމާ ގުޅުވައިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބެލި މީހެއްގެ ހައިސިއްޔަތުން ވެސް ލަދުގަނެއްޖެ ކަމަށެވެ.
"ސިފައިންނާއި ފުލުހުންގެ ގަދަރާއި އިޙްތިރާމަށް އުނިކަން އަންނަ އެއްވެސް ކަމެއް، އަދި އަމިއްލަ ރައްޔިތުން ކުރިމަތީ އަގުވެއްޓޭ ފަދަ އަމަލުތައް ކުރުމާ ދުރުވުން ވަރަށް މުހިންމު!" އޭނާ ވިދާޅުވި އެވެ.
ދިވެހި ސިފައިންގެ ބޭފުޅަކު އަންހެނެއް ފަހާ ދުވި ވީޑިއޯ ފެނުމުން އެ ބެލިމީހެއްގެ ޙައިސިއްޔަތުން ވެސް ލަދުގަނެއްޖެ! ސިފައިންނާއި ފުލުހުންގެ ޤަދަރާއި އިޙްތިރާމަށް އުނިކަން އަންނަ އެއްވެސް ކަމެއް، އަދި އަމިއްލަ ރައްޔިތުން ކުރިމަތީ އަގުވެއްޓޭފަދަ ޢަމަލުތައް ކުރުމާ ދުރުވުން ވ މުހިންމު!
— Ali Zaid (@alizaid1000) May 20, 2022
"އިންޑިއާ އައުޓް" ގެ ގެ ހަރަކާތްތައް ހުއްޓުވަން ފުލުހުންނާ އެކު ސިފައިން ނުކުންނަން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރެ ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރެއް ނެރުއްވީ މިދިޔަ މަހުގެ 21 ގަ އެވެ.