Last Updated: April 23, 13:19
Tuesday, April 23, 2024
ކުޅިވަރު

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޑި ބްރޭނާ އަށް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑު މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް ލިބިއްޖެ އެވެ.

މި އެވޯޑު ޑި ބްރޭނާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހެވެ. ޑި ބްރޭނާ ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި 15 ގޯލު ކާމިޔާބުކޮށް ހަތް އެސިސްޓު ހަދާފަ އެވެ. މި އެވޯޑު އޭނާ އަށް އެންމެފަހުން ލިބިފައިވަނީ 2020 ވަނަ އަހަރު އެވެ.

މި އެވޯޑު ހޮވަނީ އާންމުންގެ ވޯޓާއި ޕްރިމިއާ ލީގުގެ 20 ކްލަބުގެ ކެޕްޓަނުން އަދި ފުޓްބޯޅަ އެކްސްޕާޓުންގެ ޕެނަލަކުންދޭ ވޯޓުންނެވެ.

މިއީ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިއަކަށް މި އެވޯޑު ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރު މި އެވޯޑު ހޯދީ ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް އެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑު ލިބިފައިވަނީ ސިޓީގެ ފިލް ފޮޑެން އަށެވެ.

ޕްރިމިއާ ލީގުގެ އެންމެ ފަހު މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގު ތަށްޓައް ވާދަކުރަމުން އަންނަނީ ސިޓީ އާއި ލިވަޕޫލް އެވެ. އެގޮތުން މާދަމާ ރޭ އެސްޓަންވިލާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ސިޓީ އަށް ލީގު ތަށި ލިބޭނެ އެވެ.