ޓީވީއެމުން ގެނެސްދިން "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަންގައި ވާދަކޮށްގެން އާންމުންގެ ސަމާލުކަން ހޯދި ލަވަކިޔުންތެރިޔާ އަބްދުﷲ ފާލިހު ޕީޕިއެމަށް ސޮއިކޮށްފި އެވެ.
އޭނަގެ ފޯމް ރޭ ވަނީ ޕީޕިއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީނާ ވެސް ހަވާލުކޮށްފަ އެވެ. ފާލިހުގެ އިތުރުން ވެސް ޕީޕީއެމާ ގުޅުނު ބައެއްގެ ފޯމުތައް ރޭ ޕާޓީއާ ހަވާލުކޮށްފައިވެ އެވެ.
ފާލިހު ޕީޕީއެމާ ގުޅިފައި މި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާ ކުރި ކައިވެނި ވެސް ރޫޅިފައި ވަނިކޮށެވެ. މީރާ އާއި ފާހިލް ކައިވެނިކުރުމުގެ ކުރިން ވެސް ފާލިހަކީ ކައިވެނިކޮށް ދަރިން ތިބި މީހެކެވެ. ފާލިހާއި މީރާ ކައިވެނިކުރީ 2017 ގަ އެވެ. އަދި އެ ކައިވެނި ރޫޅުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.