Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ކާޑެއްދޫ ބަނދަރު މަސައްކަތް ކުރިއަށް

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަމުން އަންނަކަން ހާމަކޮށްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ޖައްސަން ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 170 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 890 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 9.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.