Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

މަސްވެރިއަކު ހާލުދެރަވެގެން ސިފައިން އެހީވެއްޖެ

މޫދަށް އެރުނު މަސްވެރިއަކު ހާލުދެރަވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ތ.އަތޮޅު ތެރޭގައި އެންހިފަން އުޅުނު "ދިރުން 2" ދޯނީގައި ހުރި އުމުރުން 45 އަހަރުގެ ފަޅުވެރިއަކު، އެން ހިފަން މޫދަށް ފައިބާ އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމީހާ ރޭ ދ.ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.