Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ މަގުމަތީގައި ބަޔަކު ވެހިކަލްތަކެއްގައި: ފޮޓޯ /ސަން

މާލޭގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މާފަންނު އުނިގަސް މަގުގައި ހުރި ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި، އެހެންނަމަވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ދޭތެރެ ދޭތެރެއިން މާލޭގައި މިފަދަ ހާދިސާތައް ހިނގައެވެ.