Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާވެސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ގާތްގަނޑަކަށް ގަޑިއެއްހާއަރަށެވެ.

މިއަދުގެ ޖަލްސާ ނިންމާލަމުން ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ޖަލްސާ ނިންމާލާ ކަމަށެވެ. އެހެންނަމަވެސް ކޮމިޓީތަކުގެ މަސައްކަތްތައް ހުރިކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ މަސައްކަތަކީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ ސުވާލުކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށިފަހުން ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތި އަވަހަށް ޖަލްސާތައް އަންނަނީ ނިންމާލަމުންނެވެ.