Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

އިދިކޮޅުގެ މައްސަލަތައް ބަލައިނުގަންނާތީ އާދަމް ޝަރީފްގެ ނުރުހުން

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ހުށަހަޅާ މައްސަލަތައް ބަލައިނުގަންނާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނައިރު، މިއަދުގެ ޖަލްސާއަށްވެސް އާދަމް ޝަރީފް ހުށަހެޅި މައްސަލައެއް ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ. 

އެކަމުގައި ނުރުހުންޕާޅުކޮށް އާދަމް ޝަރީފް ކުރި ޓްވީޓެއްގައި ވަނީ މަޖިލީހަށް ބޮޑު ހަރަދުކޮށްގެން ހިންގުމުގެ ބޭނުމެއް އެބައޮތްތޯ ސުވާލު އުފައްދަވާފައެވެ.

"ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާނުކުރެވޭ، ގައުމުގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައި ނުދެވޭ، ޤާނޫނުއަސާސީން ލާޒިމުކުރާ ސަރުކާރު ޖަވާބުދާރީ ނުކުރެވޭ މަޖިލިސްއެއް، ބޮޑު ހަރަދު ކޮށްގެން ހިންގުމުގެ ބޭނުމެއް އެބައޮތްތޯ؟" އާދަމް ޝަރީފްގެ ޓްވީޓްގައިވެއެވެ.

މަޖިލީހުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނައިރު އިދިކޮޅުން ހުށަހަޅާ މައްސަލަތައް މިފަހުން ބަލައިގަތުން ވަނީ މަދުވެފައެވެ.