Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އިންތިހާބާ ގުޅޭ ފުލުހުންގެ ފޯކަލް ޕޮއިންޓްތަކެއް

ރިޔާސީ އިންތިހާބު ތެރޭގައި ފުލުހުން އައްޑޫގައި ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ލައިވް

މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ފުލުންހުންނާއި ގުޅޭނެ ފޯކަލް ޕޮއިންޓްތަކެއް މިއަދު ކަނޑައަޅައި ކެންޑިޑޭޓުންނަށް އަންގަވާނެކަމަށް ޕޮލިހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ޝިފާން ވިދާޅުވީ އިންތިހާބާއި ގުޅިގެން ފުލުހުންނަށް ފަސޭހައިން ގުޅޭނެ އިންތިޒާމް ހަމަޖައްސަނީ ވީހާވެސް ފަސޭހަ ގޮތަކަށް ފުލުހުންގެ ހިދްމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ފުލުހުންގެ ވަކި ހާއްސަ ފޯކަލް ޕޮއިންޓްކެއް ހަމަޖައްސައި އަންގާނަން. އޭރުން އެ ބޭފުޅުން ގުޅުއްވައިގެން ފަސޭހައިން ކުރިއަށް ގެންދެވޭނެ." އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ އިންތިހާބާއި ގުޅިގެން އެއްވެސް ކަހަލަ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން އަމިއްލަ އަށް ހައްލު ކުރުމުގެ ބަދަލުގައި ފުލުހުންގެ އެހީތެރިކަމާ އެކު އެފަދަ ކަންކަން ނިންމެވުމަށެވެ.
އަދި އެއްވެސް ފަރާތަކުން ގެއްލުމެއް ދޭން އުޅޭކަން އެނގޭނަމަ ފޯކަލް ޕޮއިންޓްތައް މެދުވެރިކޮށް އެކަން ފުލުހުންނަށް ހުށަހެޅުމަށެވެ.

ޝިފާން ވިދާޅުވީ ފުލުހުންގެ ފަރާތުން ކެމްޕެއިން ކުރުމަށް އެއްވެސް ހުރައްހެއް ކުރިމަތި ނުވާނެ ކަމަށާއި، ހެދިފައިވާ ގަވާއިދާއި ގާނޫނާއި އެއްގޮތަށް ކުރިއަށްދާ ނަމަ ވީއެންމެ ބޮޑު ފުރުސަތެއް ކެމްޕެއިން ކުރެއްވުމަށް ދެއްވާނެ ކަމަށެވެ.

އެގޮތުން ބާރަށް ލަވަޖަހައި، މަގުމަތީގެ ޓްރިފިކަށް ބުރޫއަރާ ގޮތަށް ކެމްޕެއިން ނުކުރެއްވުމަށް ޝިފާން އެދިވަޑައިގެންނެ ވިއެވެ.

އަދި ނިމިގެންދިޔަ ރިއާސީ އިންތިހާބްގެ ދުވަސްވަރު އައްޑޫން ފެނުނު ރީތި ނަމޫނާ މި ފަހަރު ވެސް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ކެމްޕެއިން ތަކެއްޗަށް ގެއްލުން ނުދިނުމަށް އެދިވަޑައިގަތެވެ.