Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެމްޓީސީސީން ހިއްސާގެ ފައިދާ ދޫކުރަން ފަށައިފި

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބަހަން ނިންމި ފައިދާ މިހާރު ދޫކުރަން ފަށާފައިވާ ކަމަށް ބުނެފި އެވެ.

ހިއްސާއަކަށް މި ފަހަރު ބަހަން ނިންމާފައި ވަނީ 3.50ރ. އެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީހުގައި ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ހިއްސާދާރުންނަށް ލިބޭ ފަހަރު ވެސް ހިމެނެ އެވެ. މިދިޔަ އަހަރުގެ ހިއްސާ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ 5ރ. ގެ ހިއްސާއަކަށް 3.50ރ. ބަހަން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ.

އެމްޓީސީސީން ބުނީ 3.50ރ. ރޭޓުން މި ފަހަރު ހިއްސާތަކަށް ޖުމްލަ 28132122ރ. ބަހަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހިއްސާގެ ފައިސާ ހޯދަން ކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓްރީކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން، އެމްޓީސީސީގެ ހިއްސާގެ ފައިދާ އަށް އެދޭ ފޯމް ފުރިހަމަކޮށް އަށް shreholers@mtcc.com.mv އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

ފޯމު ކުންފުނީގެ ވެބްސައިޓުން bit.ly/39Ouse ޑައުންލޯޑް ކުރެވޭނެ އެވެ. އަދި ހިއްސާގެ ފައިސާ ނެގުމަށް ޕޯޓަލް https://sop.mtcc.com.mv/login މެދުވެރިކޮށް ހުށަހެޅުމުން ފައިދާ ޖަމާކޮށްދޭނެ އެވެ.