ވޯކް ވިސާ އާއި ބިޒްނަސް ވިސާ ފިޔަވައި އެހެން ވިސާތަކަށް ރާއްޖޭގައި އެދޭ އިރު ހެލްތުު އިންޝުއަރެންސް ޕޮލިސީ އާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭ ގޮތަށް އިމިގްރޭޝަނުން ނިންމައިފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ވިސާއަށް އެދޭ އިރު މި މަހުގެ 31 އިން ފެށިގެން ހެލްތު އިންޝުއަރެންސް ޕޮލިސީ އާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވިސާގެ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރަން އެދޭއިރު ވެސް އެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
Notice regarding expatriate health insurance policy and medical report submission.
🔗 https://t.co/f8gUOyT0CK pic.twitter.com/uhGzpBuXnT
— Maldives Immigration (@ImmigrationMV) May 23, 2022
އެތަނަށް ހުށަހަޅާ މެޑިކަލް ރިޕޯޓް ވާން ޖެހޭނީ ހެލްތު މިނިސްޓްރީން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ހުއްދަ ދީފައިވާ ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން ހަދާފައިވާ ރިޕޯޓަކަށެވެ. އަދި އިންޝުއަރެންސަކީ ރާއްޖޭގެ ރިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ ޕޮލިސީއަކަށް ވެސް ވާން ޖެހޭނެ އެ.
އިމިގްރޭޝަނުން ބުނީ ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ އިރު އިންޝުއަރެންސް ޕޮލިސީ އާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.