ރާއްޖޭގައި ނޫސްވެރިންނަށް ބިރުދައްކާތީ ކަންބޮޑުވާ ކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް އައިއެފްޖޭ) އިން ބުނެފި އެވެ.
މި މަހުގެ 18 ވަނަ ދުވަހު އިދިކޮޅު ޕާޓީތަކުން މާލޭގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތެއްގެ ތެރޭގައި ނޫސްވެރިއަކަށް ފުލުހަކަށް އިންޒާރު ދިން މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އެމްޖޭއޭ އާ ހަވާލާދީ އައިއެފްޖޭ އިން ބުނީ ނޫސްވެރިންނަށް ބިރު ދައްކައި އެ މީހުންގެ މަސައްކަތްތަކަށް ހުރަސް އެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ އެފަދަ މައްސަލަތައް ސަރުކާރުން ވެސް ބަލައި ތަހުގީގުކޮށް އަދަބު ދޭން ޖެހޭ މީހުން އިންސާފުފެ ކުރިމައްޗަށް ގެނެސް ނޫސްވެރިންނަށް ދޭން ޖެހޭ ރައްކާތެރިކަން ހޯދައިދޭން ދޭން ޖެހޭނެ ކަމަށް ބުންޏެވެ.
#Maldives🇲🇻: Maldivian police have allegedly harassed journalists at a protest for the ‘India Out’ campaign on May 18, led by the Maldives’ opposition party.@IFJGlobal https://t.co/8pVoDuBL1U
— IFJ Asia-Pacific (@ifjasiapacific) May 23, 2022
"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ފުލުހުން މަސައްކަތްކުރަމުން އަންނަނީ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ 21 ގައި ރިޔާސީ ގަރާރަކުން ކަނޑައެޅުއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ ހަރަކާތުގެ ތެރެއިން ހިންގާ އެކިއެކި ކަންކަން ހުއްޓުވަން ފުލުހުން މިހާރު ދަނީ ބާރުގެ ބޭނުން ވެސް ކުރަމުންނެވެ.