Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ލަކުނޑި ބަރުކޮށްފައި އޮތް ދޯންޏެއް އަަޑިއަށް

ލަކުޑި ބަރުކޮށްފައި އޮތް ދޯންޏެއް މާލޭގެ ޓީ ޖެޓީ ތެރެއަށް ބަންޑުން ޖަހާލައި އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ ދޯންޏެއް ބަންޑުން ޖަހާލާފައިވާ ކަމަށް ރިޕޯޓްކުރީ މިއަދު މެންދުރު 12:00 ޖަހަން އުޅެނިކޮށެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްފައި އޮތް "ހުވަނދުމާ 2" ދޯނި ޓީ ޖެޓީ ސަރަޙައްދަށް ވަތް ފަހުން، އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ދޯންޏާއި ސަފާރީއަކާ ޖެހިގެން ކަމަށް ބުންޏެވެ. މި ހާދިސާއެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ސިފައިން މިހާރު އަންނަނީ ދޯނި ފުންކުރުމުގެ މަސައްކަތްކުރަމުންނެވެ.