Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ކެޕްޓަނުންގެ ކޯހަކަށް ފުރުސަތު ހުޅުވާލައިފި

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭބީއެމް) އިން ކެޕްޓަނުން ތަމްރީނުކުރަން ހިންގާ ކޯހަކަށް އައްޑޫން މީހުން ހޯދަން އިއުލާންކޮށްފި އެެވެ.

އެތަނުން ބުނީ ކޯހުން 50 މީހަކަށް ޖާގަދޭން ހަމަޖެހިފައިވާ ކަމަށާއި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 7970033 އިން ލިބޭނެ އެވެ.

އެންއޭބީއެމުން ބުނި ގޮތުގައި ކެޕްޓަނުން ތަމްރީނުކުރަން ހިންގާ ކޯހަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން އަދި ކޯހުގެ ފީ ވެސް އެސޯސިއޭޝަނުން ސްޕޮންސަކޮށްދީގެން ހިންގަން ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުގައި ގްރޭޑް 7 ނިންމާފައިވާ އަދި ކަނޑުމަތީގައި މަދުވެގެން އެއް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދޭނެ އެވެ.

ކޯހަށް ބައިވެރިން ހޮވާނީ ކުރިމަތިލާ މީހުންނާ އިންޓަވިއުކޮށްގެންނެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ ކޯސް ފުރިހަމަކުރާ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ވެސް ކަށަވަރުކޮށްދޭނެ ކަމަށެވެ.