Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

އެމްއެންޔޫ "ޖޮބް ފެސްޓިވަލް" ގައި 26 ކުންފުންޏެއް

ގައުމީ ޔުނިވަސިޓީން އަންނަ ހަފުތާގައި ބާއްވާ އެތަނުގެ ފުރަތަމަ "ޖޮބް ފެސްޓިވަލް" ގައި 26 ކުންފުންޏަކުން ބައިވެރިވާނެ ކަމަށް ބުނެފި އެވެ.

އޭގައި ބައިވެރިވާން ވަޒީފާދޭ ފަރާތްތަކަށް އެމްއެންޔޫން ފުރުސަތު ހުޅުވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ޔުނިވަސިޓީން ބުނި ގޮތުގައި "ޖޮބް ފެސްޓިވަލް" ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓްތަކުން ވެސް ފެސްޓިވަލްގައި ބައިވެރިވާނެ އެވެ.

އެހެންވެ މިއީ ވަޒީފާއެއް ހޯދަން މަސައްކަތްކުރާ ޒުވާނުންނަށް އެއްތާކުން ލިބެން ހުރި ވަޒީފަތާ ބެހޭ މައުލޫމާތު ހޯދައި، ވަޒީފާއެއް ހޯދަން މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ޔުނިވަސިޓީން ބުންޏެވެ.

އެމްއެންޔޫގެ "ޖޮބް ފެސްޓިވަލް" ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ޔުނިވަސިޓީގަ އެވެ.