Last Updated: May 5, 21:07
Tuesday, May 6, 2025
ސިއްހަތު

ރީތިވުމަށް: އާފަލު މާސްކް

ފޭޝަލް މާސްކު ބޭނުންކުރުމުން އޭގެ ފައިދާ ފަހުން ފެންނާނެ ކަމީ ޔަގީންކަމެކެވެ. އަދި އާދަކޮށް ހަފުތާއަކު އެއް ފަހަރު ފޭސް މާސްކު ބޭނުންކުރުމުން މޫނަށް އިތުރު އުޖާލާކަމަކާއި ފުރިހަމަކަމެއް ގެނުވައިދިނުމަށް އެހީތެރިވޭދޭނެ އެވެ.

* އާފަލު މާސްކު:

އާދައިގެ ހަމަށް އާފަލު މާސްކަކީ ވަރަށް އެކަށީގެންވާ ބާވަތެކެވެ.

މި މާސްކު ތައްޔާރު ކުރުމަށް އާފަލެއް މަށައި ކޮށުމަށް ފަހު، ބްލެންޑަރަށް އަޅާށެވެ. އަދި މީގެ ތެރެއަށް ދެ ސަމުސާ މާމުއި އެޅުމަށް ފަހު، ހިމުންވަންދެން ބްލެންޑަރުން ގިރާށެވެ.
އެއަށް ފަހު 10 މިނިޓް ވަންދެން އައިސް އަލަމާރީގައި ފިނިކުރާށެވެ. ފިނިވުމުން، މޫނުގައި މި މާސްކު އުނގުޅާފައި 30 މިނިޓް ވަންދެން ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ.