މި އަހަރުގެ އޮކްޓޯބަރު މަހު މެލޭޝިއާގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފި އެވެ.
އެ މަރުކަޒުން ބުނީ އޮކްޓޯބަރު މަހުގެ 17-22 އަށް ކުއާލަލަމްޕޫރުގައި ބާއްވަން ހަމަޖެހިފައިވާ 62 ވަނަ "އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" މުބާރާތުގައި ބައިވެރިވާން ރާއްޖެ އަށް ލިބިފައި ވަނީ ދެ ފުރުސަތު ކަމަށެވެ. އެއީ އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެކެވެ.
ބައިވެރިވާން އެދި ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 9 އެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ކުރިން އެ މުބާރާތުގައި ބައިވެރިވެފައިވާ ނަމަ ބައިވެރިވި ފަހުން ތިން އަހަރު ހަމަވެފައިވާ އަދި މުބާރާތުގައި ކުރިން ބައިވެރިވެ މުބާރާތުން އެެއް ވަނަ ހޯދާފައި ނުވާ އަދި އޮކްޓޯބަރު 17 އަށް 13 އަހަރު ނުފުރޭ ކުދިންނަށެވެ.
މީގެ އިތުރުން މުބާރާތަށް ބައިވެރިން ހޮވުމުގައި ބަލާނީ ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަވަން އެނގޭ ކުދިންނަށެވެ. އަދި ބައިވެރިއަކު ހޮވާނީ ހުށަހަޅާ ކުދިންގެ މެދުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިމްތިޙާނު ކުރުމަށް ފަހު އެވެ.