Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ސްޓޭޓް މިނިސްޓަރު ރިޔާޒު ސަސްޕެންޑްކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ސަސްޕެންޑް ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ރިޔާޒް ސަސްޕެންޑު ކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަމަށް މަބްރޫކް ހާމައެއް ނުކުރައްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒް ސަސްޕެންޑް ކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ.