ހަރާމް ހުކުމެއް ކޮށްފައި އޮތްނަމަ އެ މައްސަލައެއް ޕީޕީއެމްގެ ވެރިކަމުގައި ބަލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ޖޭއެސްސީގެ ފަރާތުން ފުލުހަށް ހުށަހެޅުމުންނެވެ.
އެގޮތުން އަބްދުއްރަހީމް ވިދާޅުވީ، ޖޭ.އެސް.ސީ އިން ފޮނުވާނެ ތަނަކަށް މަސްއަލަ ފޮނުވަންވީ ކަމަށާއި، ހަރާމް ހުކުމެއް ކޮށްފައި އޮތިއްޔާ އެ މައްސަލައެއް ޕީޕީއެމްގެ ވެރިކަމުގައި ބަލާނެ ކަމަށެވެ.
"ހަމަ އެކަނި އެކަމެއްނޫން. ގާނޫނާ ޚިލާފަށްކޮށްފައި ހުރި ހުރިހައިކަމެއް ވެސް ބަލާނެ. ތިޔަކުރާ ވައްކަންވެސް ބަލާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.
ޖޭ.އެސް.ސީ އިން ފޮނުވާނެ ތަނަކަށް މަސްއަލަ ފޮނުވަންވީ.ޙަރާމް ޙުކުމެއް ކޮށްފައި އޮތިއްޔާ އެ މަސްއަލައެއް ޕީ.ޕ.ީއެމްގެ ވެރިކަމުގައި ބަލާނެ.ހަމަ އެކަނި އެކަމެއްނޫން.ގާނޫނާ ޚިލާފަށްކޮށްފައި ހުރި ހުރިހައިކަމެއް ވެސް ބަލާނެ.ތިޔަކުރާ ވައްކަންވެސް ބަލާނެ. #IndiaOut pic.twitter.com/8U3UKoOjym
— Abdul Raheem Abdulla (@Banafsaa) May 29, 2022
މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓްގެ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އިންޒާރު ދިނުމުގެ މޭރުމުން "ޖަލުތައް ބޮޑުކުރަންޖެހޭ" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޖޭއެސްސީގެ ފަރާތުން މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި ޖޭއެސްސީން ވަނީ ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީގެ ކަންކަމުގައި ސަމާލުވުމަށާއި، ޔާމީން ދެއްކި ވާހަތަކުގައި ޖިނާއީ މައްސަލައެއް ހިމެނޭނަމަ ތަހުގީގްކޮށް ދިނުމަށް އެދިފައެވެ.
ޔާމީން އެދުވަހު ދެއްކެވި ވާހަކައިގައި ސަލާމަތީ ހިދުމަތްތަކުގެ ވެރިންނަށްވެސް އިންޒާރުދެއްވިއެވެ. އެގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ޖަލަށް ދާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.