މި އަހަރު ގައުމީ އިނާމަށް ނަން ހުށަހަޅުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އިނާމަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ މާދަމާ މެންދުރު ފަހު 2:00 އެވެ. ގައުމީ އިނާމަށް މިއަހަރު ހުޅުވައިލީ މައިގަނޑު 34 ދާއިރާއަކުންނެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.
އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން އިނާމަށް ނަން ހުށަހަޅާނީ ވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގަ އެވެ.
އން ހުށަހަޅާ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ.