ސަރުކާރުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ ސްކޮލަޝިޕަކީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕެވެ. މި ދެ ސްކޮލަޝިޕަށް ކުރިމަތިލާން ދޮޅު އަހަރުގެ މުއްދަތެއް ދީފައިވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަކީ ރާއްޖޭގެ ސްކޫލުތަކުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީސީސީ އޭ ލެވެލް އިމްތިހާނުގެ ތިން މާއްދާ އާއި ދިވެއްސާއި އިސްލާމުން "އޭ ސްޓާ" ހާސިލުކޮށްފައިވާ ދަރިވަރުންނަށް ލިބޭ ސްކޮލަޝިޕެއް ކަމަށެވެ. އަދި ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ ސްޓާ" ހާސިލްކޮށްފައިވާ ދަރިވަރުންނަށް ވެސް އެ ސްކޮލަޝިޕް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ސްކޮލަޝިޕްގައި ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން ހައި އެޗީވާސް ސްކޮލަޝިޕަކީ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެެރެއިން ޖީސީސީ އޭ ލެވެލްގެ ތިން މާއްދާ އާއި ދިވެއްސާއި އިސްކާމުން "އޭ" ހޯދާ ދަރިވަރުންނަށް ލިބޭ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕް ލިބޭ ކޮންމެ ދަރިވަރަކަށް އެ ދަރިވަރަކު ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަކުރުމުގެ އޮންނާނެ އެވެެ. އަދި ދަރިވަރުން ޓްރޭނިން ނީޑްސްގައި ހިމެނޭ ދާއިރާއަކުން ކަނޑައެޅިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަކުރުމުގެ ފުރުސަަތު ވެސް ސަރުކރުގެ ހަރަދުގައި ދޭނެ އެވެ.