Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ޕާކިން ސްލޮޓްތަކުން ނަގާ އަގަށް ބަދަލެއް

މާލޭ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތަކަށް ނަގަމުން އަންނަ އަގަށް އަންނަ މަހުން ފެށިގެން ބަދަލު ގެންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ އަގަށް އަލުން ބަދަލު ގެންނަން ނިންމީ ކޮވިޑާ ވިދިގެން ދިމާވި ހާލަތާ ގުޅިގެން އަގުތައް ކުޑަކުރި ނަމަވެސް މިހާރު، ހާލަތު ބަދަލުވެފައިވާތީ ކަމަށެވެ. އަދި އެގޮތަށް ނިންމީ މިދިޔަ މަހުގެ 27 ގައި ބޭއްވި ކައުންސިލްގެ 47 ވަނަ ޖަލްސާގައި ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އަގަށް ގެންނަން ނިންމި ބަދަލާ އެކު އަންނަ މަހުގެ 1 އިން ފެށިގެން ޕާކިން ސްލޮޓްތަކުން ޕްރައިވެޓް ކާރުތަކަށް ނަގާނީ ކުރިން މަހަކަށް ނަގަމުން އައި 1،000ރ. ގެ ބަދަލުގައި 1،500ރ. އެވެ. އެކަމަކު ޓެކްސީ ކާރުތަކުން ނަގަމުން ދާނީ ކުރިއެކޭ ވެސް އެއްގޮތަށް މަހަކު 750ރ. އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ގޮތަށް ހަމަޖެއްސުމާ ގުޅިގެން އަންނަ މަހު 1 އިން ފެށިގެން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ދަށުން ދޫކުރެވޭ ޕާކިން ސްލޮޓްތަކުން ނަގާނީ މިހާރު ހަމަޖެއްސި އަގުތައް ކަމަށެވެ.