Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް

ކުރިން މި އަހަރުގެ އޮގަސްޓް 4 ގައި ބާއްވަން އޮތް އެމްޑީޕީގެ ކޮންގްރެސް އެ މަހުގެ 19 އަށް ފަސްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ބުނި ގޮތުގައި ކޮންގްރެސް ފަސްކުރީ އަސާސީ ގަވާއިދުގައިވާ ތާރީހުތަކަށް ބައެއް ކަންކަން ފެއްތުމުގެ ގޮތުންނެވެ. އަދި މި ގޮތަށް ނިންމީ ރޭ ބޭއްވި ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. ކޮންގްރެސް ފަސްކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުން ހިމެނެ އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަދުން ވޯޓު ލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމުގެ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަށް ހުށަހެޅުން ހިމެނެ އެވެ.

އެމްޑީޕީގެ ކޮންގްރެސް އަށް ތައްޔާރުވާ އިރު، ޕާޓީގެ އާ ޗެއާޕާސަނަކީ މިހާރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އެ ޕާޓީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ 2018 ގަ އެވެ.މ