ހަތަރު ރަށެއްގައި ހޮސްޕިޓަލް ހެދުމުގެ އެއްބަސްވުމުގައި މިއަދިު ސޮއިކޮށްފި އެވެ.
ހޮސްޕިޓަލްތަކެއް ހަދަން މިއަދު އެއްބަސްވުންތަކުގައި ސޮއިކުރި ރަށްތަކަކަކީ ހއ. ދިއްދު އާއި ދ. ކުޑަހުވަދު އާއި ގއ. ވިލިނގިލީގެ އިތުރުން ރ. އަލިފުއްޓެވެ.
އެ ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންސް އިންޑިއާ ލިމިޓެޑާ އެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޢާދިލެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު (ސިވިލް) އަތުލް ކުމާރު ޖެއިން އެވެ.
ހއ. އަތޮޅ ހޮސްޕިޓަލް، ދ.އަތޮޅ ހޮސްޕިޓަލް، ގއ.އަތޮޅ ހޮސްޕިޓަލް އަދި ރ.އަލިފުށި ހޮސްޕިޓަލް
ޑިޒައިން ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ޓެލެކޮމިއނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް( ޓީ.ސީ.އައި.އެލް) އާއި އެކު ސޮއިކުރުުން pic.twitter.com/RUCyWJdqnR— Ministry of Health (@MoHmv) May 30, 2022
ހޮސްޕިޓަލްތައް ހަދަން މިއަދު ހަވާލުކުރި ހަތަރު ރަށުގެ ތެރެއިން ދިއްދު އާއި ކުޑަހުވަދޫ އަދި ވިލިގިނލީގައި ހަދަން ނިންނާފައި ވަނީ 50 އެނދުގެ ހޮސްޕިޓަލްތަކެވެ. އަލިފުށީގައި ހަދާނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
— Ministry of Health (@MoHmv) May 30, 2022
މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ބަޔާސް ކްރެޑިޓް ސްކީމްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ހެލްތް މިނިސްޓްރީން ބުނީ ހަތަރު ރަށުގައި ހޮސްޕިޓަލް ތަރައްގީކުރަން 57،230،000ރ. ހޭދަވާނެ ކަމަށެވެ.