Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ހުސް ތެޔޮ ތާނގީއެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ

ހުސްކޮށް ހުރި ތެޔޮ ތާނގީއެއް މިއަދި ފުވައްމުލަކުގައި އަނިޔާވި ބަޔަކަށް ފަރުވާދޭން ފަށައިފި އެވެ.

މިއަދު ހަވީރު މި ހާދިސާ ހިނގާފައި ވަނީ ފުވައްމުލަކުގެ ބަނދަރު ސަރަހައްދުގައި ހުންނަ ތެޔޮ ޝެޑް ކައިރީގަ އެވެ. މި ހާދިސާގައި ޒަހަމްވި ދެ މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ސީރިއަސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ބަންގްލަދޭޝް މީހަކަށެވެ. އޭނަ އަކީ ތެލުގެ ފުވައްމުލަކުގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ފިއުލްގައި މަސައްކަތްކުރާ މީހެކެވެ.

ފުވައްމުލަކު ކައުންސިލުން ބުނެފައިވާ ގޮތުގައި ހުސްކޮށް ހުރި ތެޔޮ ތާނގީ ގޮވީ ގޭސް ކަޓަރަކުން އެ ކަފަނިކޮށެވެ. ގޮވި ތާނގީ އަކީ ހުސްކޮށް ހުންނަތާ ދުވަސްތަކެއްވެފައިވާ އެއްޗެކެވެ.

ނަމަވެސް ތާނގީ ގޮވަން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. ފުލުހުން މިހާރު އަންނަނީ މިކަން އިތުރަށް ބަލަމުންނެވެ.