ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެ، ކެނެރީގައި ފާރުގައި "އިންޑިއާ އައުޓް" ލިޔެފި އެވެ.
ފެހި ކުލައިގެ ސްޕްރޭ އިން އެ ސްލޯގަން ލިޔެފައިވާ ވާހަކަ ޓްވިޓާގައި ނަޝީދުގެ ކޮއްކޮ ނާޒިމު ސައްތާރު ޕޯސްޓް ވެސްކޮށްފައިވެ އެވެ.
Kenereege wall pic.twitter.com/1YHQe3Tojn
— Nazim Sattar (@nazimsat) May 31, 2022
ނަޝީދުގެ އާއިލީގެ ގޭގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭކޮށްފައި މި ވަނީ ރާއްޖޭގެ އިދިކޮޅު ޕާޓީތައް ކަމަށްވާ ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނާ ދެކޮޅަށް ނަޝީދު އިސްކޮށް ހުންނަވައިގެން މިދިޔަ ހަފުތާގައި "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ވެސް ފައްޓަވާފައި ވަނިކޮށެވެ.
މީގެ ކުރިން ވެސް އެކި ތަންތަނުގައި "އިންޑިއާ އައުޓް" ލިޔެފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އާ ދެކޮޅަށް އެމްޑީޕީން "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ފެށި އިރު، އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރަކުން މިދިޔަ މަހުގެ 21 ގައި ކަނޑައަޅާފައިވެ އެވެ.
އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންް ބާލަން ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ.