Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު އަދާލަތު ޕާޓީ

ހައްޖަށް ދާން ހުށަހެޅުމުން އަދާލަތަށް ވައްދާކަމުގެ ތުހުމަތު

އަދާލަތު ޕާޓީގެ ހަރަކާތެއްގެ ތެރެއިން— ފޮޓޯ: އަދާލަތު ޕާޓީ

ހައްޖަށް ދާން ހުށަހެޅުމުން ވަގަށް އަދާލަތު ޕާޓީއަށް ވައްދާ ކަމަށް ތުހުމަތު ކޮށްފިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ ޝަފީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން ރަޖިސްޓްރީ ކުރަށް ހުށަހަޅާ އައިޑީ ކާޑް ކޮޕީ ބޭނުންކޮށްގެން އަދާލަތަށް މީހުން ވެއްދުމަކީ ދެރަ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ 10،000 މެންބަރުން ހަމަކުރަންވެސް "މިފަދަ ހުތުރު ކަންކަން" ނުކުރުމަށް ގޮވާލާ ކަމަށެވެ.

އަދާލަތު ޕާޓީއަށް މިފަދަ ތުހުމަތެއްކޮށް ޝަފީގް ޓްވީޓް ކުރައްވާފައިވާއިރު މިކަމުގެ އިތުރު ތަފްސީލެއް ޝަފީގް ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ވަގަށް ޕާޓީތަކަށް ވައްދާ މައްސަލަ އަދި ނޭންގި ހުއްޓާ އެހެން ޕާޓިއަކަށް ބަދަލުވާ މައްސަލައަކީ ބޮޑު ވެފައިވާ ކަމެކެވެ. އެ މައްސަލައަށް ހައްލެއް ގެނައުމަށް މިފަހުން އިލެކްޝަން ކޮމިޝަނުން ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.