ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދު ތަކަށެވެ.
އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 13:00 އިން ހަވީރު 17:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެވަގުތު ތަކުގައި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން އަންނައިރު، އެކި ސަރަަހައްދުތަކަށް އެލާޓްތައް ނެރެމުން އާދެއެވެ.