Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

"އިންޑިއާ އައުޓް" އަކީ ފައިސާއަށްޓަކައި ކުރާ ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާ އިން ފައިސާތަކެއް ދީފާނެކަމަށް ހީކޮށްގެން އެ ބޭނުމުގައި ކުރައްވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންހެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެ، ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖެހުމާ ގުޅިގެން އެކަމާ ގުޅުވައިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ މުޅި ގައިގައި އިންޑިއާ އައުޓް ޖެހިޔަސް، އިންޑިއާ އިން ބޮޑު ވަގަކާ އެކު ޑީލެއް ނަހަދާނެ ކަމަށެވެ.

"ތިމާ މީހާ ކުރިމަތީ އިންޑިއާ ކުޑަކަކުލަށް ތިރިވެ ޑީލެއް ހަދައި ފައިސާތަކެއް ދީފާނެ ކަމަށް ހީކުރުމަކީ ސިކުނޑީގެ މައްސަލައެއް ހުރި ކަމުގެ ހެއްކެއް." އޭނާ ވިދާޅުވި އެވެ. "[އިންޑިއާ އައުޓް ކެމްޕޭނަކީ] ފައިސާއަށްޓަކައި ކުރާ ކަމެއް."

ރައީސް ޔާމީން އިސްކޮށް ހުންވައިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި ހިންގާ ހަރަކާތެކެވެ. ނަމަވެސް ސަރުކާރުން ވަނީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން ކަނޑައަޅައިފަ އެވެ.

އަދި "އިންޑިއާ އައުޓް" އާ ދެކޮޅަށް ނަޝީދު ވަނީ "ބާކީނުވޭ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފައްޓަވައިފަ އެވެ.