Last Updated: June 20, 10:54
Saturday, June 20, 2026
ޚަބަރު

މަސްދަޅު ކޭހަކުން 150ރ. ބޮޑުކޮށްފި

މަސްދަޅު ކޭސް ވިއްކާ އަގު މިފްކޯ އިން ބޮޑުކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުން ބުނީ މަސްދަޅު ތައްޔާރުކުރަން ބޭނުންވާ ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން މިހާރު މަސްދަޅު ކޭހަކުން 150ރ. ބޮޑުކޮށްފައިވާ ކަމަށެވެ.

އަގަށް މި ގެނައި ބަދަލާ އެކު ތެޔޮ މަސް ކޭހެއްގެ އަގު މިހާރު ވަނީ 590ރ. އިން 740ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565ރ. އަށް ވިއްކި ފެން މަސް ކޭހެއް ދެން ލިބޭނީ 715ރ. އަށެވެ.

މީގެ އިތުރުން ވެސް މަސް ދަޅުގެ އެކި ސައިޒުގެ އަގުތައް މަތިކޮށްފައިވެ އެވެ. ދަޅު މަހުގެ އަގަށް ގެނައި މި ބަދަލާއެކު އެވްރެޖުކޮށް 3ރ. ބޮޑުވެފައިވެ އެވެ.