Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ކްރޮސްރޯޑްސްގައި ދިވެހި އުފެއްދުންތަކަށް ފުރުސަތެއް

އޯތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކްރޮސްރޯޑް މޯލްޑިވްސްގައި ހުޅުވަން ނިންމާފައިވާތީ އެ ތަނުގައި ދިވެހި އުފެއްދުންތައް ވިއްކަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މިކަމާ ބެހޭ ގޮތުން ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 7 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3305555 އިން ލިބޭނެ އެވެ.

ބީސީސީން ބުނި އޯތެންޓިކް މޯލްޑިވްސް އިން ފަހިކޮށްދޭ ފުރުސަތަކީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމުކޮށް ދިނުން ކަމަށެވެ.