ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރު ކުރުމަށް ހުށަހަޅާ ފޯމް ތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖުރިމަނާއެއް ނެގުމަށް އިލެކްޝަންސް ކޮމިޝަން، އީސީން ނިންމައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2022 އޭޕްރިލް 1 ން ފެށިގެން، ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްޙަނޫން ކޮންމެ ފޯމަކަށް، އެ ޕާޓީ އެއް 10،000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ޕާޓީއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާއިން ޖުރިމާނާ ކުރަން ފަށާގޮތަށް ވެސް ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
2022 އޭޕްރިލް 1 ން ފެށިގެން، ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްޙަނޫން ކޮންމެ ފޯމަކަށް، ޕާޓީ 10 ހާސް ރުފިޔާ، ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާއިން ޖުރުމާނާ ކުރަން ފަށާގޮތަށް މިއަދު ކޮމިޝަނުން ނިންމައިފި.
@ElectionsMv @mvpeoplesmajlis— Ismail Habeeb (@IsmailHabeeb) June 1, 2022
ވަގަށް ޕާޓީތަކަށް ވައްދާ މައްސަލަ އަދި ނޭންގި ހުއްޓާ އެހެން ޕާޓިއަކަށް ބަދަލުވާ މައްސަލައަކީ ބޮޑު ވެފައިވާ ކަމެކެވެ.