އައްޑޫ ހިތަދޫ މައިލޯ ދަނޑުގައި ލައިޓް ޕޯސްޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.
ކައުންސިލުން ބުނީ އެ ދަނޑު ރޭގަނޑު ބޭނުން ނުކުރެވޭކަމުގެ ޝަކުވާތައް ޒުވާނުންގެ ފަރާތުން ލިބެމުންދާތީ ލައިޓް ޖަހައި ނިންމުމުން، ރޭގަނޑު ދަނޑު ބޭނުންކުރެވޭނެ ކަމަށެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވެސް މިއަދު ބެއްލެވި އެވެ. ކައުންސިލުން ބުނީ އަމާޒަކީ ވީހާ ވެސް އަވަހަކަށް ލައިޓް ޖަހައި ނިންމުން ކަމަށެވެ. މި ވަގުތު އެތަނުގައި ކިރަމުން އަންނަ ލައިޓް ޕޯސްޓްތަކުގެ ކޮންކްރީޓް ބުޑުތަކުގެ މަސައްކަތެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ފުރަގަހުން އޮންނަ މައިލޯ ދަނޑަކީ ރާއްޖޭގެ އަތޮޅުތަކުގެ ދަނޑުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓާފް އެޅި އެއް ދަނޑެވެ. އަދި މި ދަނޑަކީ މީގެ ކުރިން ރާއްޖޭގެ މަޝްހޫރު ބައެއް ކުލްބަތަކުން ޓްރޭނިމް ކޭމްޕްތަކަށް އައްޑު އަށް ދަތުރުކުރި އިރު ބޭނުންކުރި ދަނޑު ވެސް މެ އެވެ.