ތުރުކީގެ ޤުރުބާރާތެއްގައި ބައިވެރިވާން ރާއްޖެ އަށް ފުރުސަތު ލިބިފައިވާތީ އެ މުބާރާތުގައި ބައިވެރިވާން އާންމުކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މިއަދު ހުޅުވާލައިފި އެވެ.
އެތަނުން ބުނީ ސެޕްޓެމްބަރު 29 އިން އޮކްޓޯބަރު 10 އަށް ބާއްވާ "8 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތު" ގައި ރާއްޖެ އަށް ބައިވެރިވާން ލިބުނީ ދެ ގޮތްޕަކުން ކަމަށެވެ. އެއީ މުޅި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވުމުގެ ބަޔާއި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވަން އެނގުމުގެ ބައެވެ. މި ދެ ކެޓަގަރީން ދެ މީހަކަށް ބައިވެރިވެވޭނެ އެވެ.
އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ކުރިތިލުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މުބާރާތަށް ކުރިމަތިލެވޭނީ އުމުރުން 18-35 އަހަރާ ދެދެމުގެ ފިރިހެނުންނަށެވެ. އަދި ބައިވެރިވާން ހުށަހަޅާ މީހުންނަކީ އިންޓަރނޭޝަނަލް މުބާރާތެއްގައި ކުރިން ބައިވެރިވެ 1 ވަނަ ހޯދާފައިވާ މީހަކަށް ނުވުމާއ ތުރުކީގެ ބައިނަލްއަޤްވާމީ މުބާރާތެއްގައި މީގެ ކުރިން ބައިވެރިވެފައި ނުވާ މީހަކަށް ވެސް ވާން ޖެހޭނެ އެވެ.