Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ޔާމީންގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި

މިއަދު މެންދުރު ފަހު ލައިވްކޮށްގެން ބާއްވަން ތާވަލުކޮށްފައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

މެންދުރު ފަހު 1:00 އަށް ތާވަލުކޮށްފައި އޮތް މަނީ ލޯންޑްރިންގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކެންސަލްކުރީ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ އެވެ. މިއަދު ތާވަލުކުރި ޝަރީއަތަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރާ ދައުވާތަކުގެ ޝަރީއަތެވެ.